Last Updated: June 12, 22:51
Friday, June 12, 2026
މުނިފޫހިފިލުވުން

ބައްޕަގެ ފިލްމްގައި ދަރިފުޅު ވަރޫން

ކަރަން ޖޯހަރުގެ "ސްޓޫޑަންްޓް އޮފް ދި ޔެއާ" އިން ބޮލީވުޑަށް ތައާރަފްވި މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަން ބަލާޖީ އަށް ޑައިރެކްޓްކޮށްދޭ ފިލްމަށް ދަރިފުޅު ވަރޫން ދަވަން ހަމަޖައްސައިފި އެވެ.

އެކްތާ ކަޕޫރުގެ ބަލާޖީން ވަރޫން ހިމަނައިގެން ގެނެސްދޭ މި ފިލްމަކީ ތެލުގޫ ފިލްމެއް ކަމަށްވާ "ކަންދިރީގާ"ގެ އަސްލަށް އުފައްދާ ފިލްމެެކެވެ. އެ ފިލްމްގެ ރައިޓްސް އެކްތާ ވަނީ ގަނެފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބަލާޖީގެ އާ ފިލްމަށް އެކްތާ، ވަރޫން ހަމަޖެއްސީ "ސްޓޫޑެންޓް އޮފް ދި ޔެއާ" ގައި އޭނާ ދައްކައި ދީފައިވާ މޮޅު ހުނަރުގެ ސަބަބުންނެވެ. އެކްތާ ވަނީ ވަރޫންގެ ހުނަރަށް ތައުރީފް ވެސް ކޮށްފަ އެވެ.

އެހެން ނަމަވެސް ބައްޕަ ޑޭވިޑް ދަރިފުޅު ވަރޫން ހިމަނައިގެން ޑައިރެކްޓް ކުރާ ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް މިހާތަނަށް ނުލިބެ އެވެ. އެކަމަކު މި ފިލްްމްގެ މަސައްކަތް ވަރަށް އަވަހަށް ފަށައި މި އަހަރުގެ ތެރޭގައި ގެނެސް ދޭނެ ކަމަށް ބެލެވެ އެވެ.