ޖަޕާނުގެ މަޝްހޫރު މަހުޖަނު ޔުޒާކޫ މައެޒާވާއާ އެކީ ހަނދަށް ދާނެ ބަޔަކު ހޯދަން މީގެ އަހަރެއްހާ ދުވަސް ކުރިން ހުޅުވައިލުމަށް ފަހު، އެ ފުރުސަތު ލިބުނު މީހުން މިއަދު އިއުލާންކޮށްފި އެވެ.
ޔުޒާކޫގެ ހަރަދުގައި އޭނައާ އެކީ ހަނދަށް ގެންދަން ޖުމްލަ 10 މީހަކު ހޮވައި އެ މީހުންނަކީ ކޮބައިކަން ޓްވީޓަކުން އިއުލާންކޮށްފައިވެ އެވެ. މި 10 މީހުންގެ ތެރޭގައި އެމެރިކާގެ ޑީޖޭ ސްޓީވް އައޮކޯ އާއޮ ކޮރެއާގެ ތަރި ޓޮޕް އާއި އިންޑިއާގެ އެކްޓަރެއް ކަމަށްވާ ދޭޗް ޖޯޝީ އާއި އެމެރިކާގެ ފިލްމު އުފެއްދުންތެރިޔާ ބްރެންޑަން ހޯލް އާއި އިނގިރޭސިވިލާތުގެ ވައިޑްލައިފް ފޮޓޯގްރާފަރު ކަރީމް އިލިޔާގެ އިތުރުން އަޔަލޭންޑްގެ ފޮޓޯގްރާފަރު ރިއަނޯން އެންޑަމް އަދި ޗެކް ރިޕަބްލިކްގެ ނެށުންތެރިޔާ ޔެމީ އޭޑީ ވެސް ހިމެނެ އެވެ.
月旅行のクルーが決まりました!
Crew for Moon Trip Selected!!#dearMoonCrew @dearmoonproject https://t.co/Fle1vbPplD— 前澤友作@MZDAO (@yousuck2020) December 8, 2022
"ޑިއާ މޫން ކްރޫ" ގެ ނަމުގައި ޔުޒާކޫ ހުޅުވާލި ފުރުސަތުގައި އޭނައާ އެކީ ހަނދަށް ދާނެ ބައިވެރިން ހޮވި އިރު، މި ދަތުރު އަންނަ އަހަރުގެ ތެރޭގައި ބާއްވަން ނިންމާފައި ވަނީ މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސްގެ "ސްޓާޝިޕް" ގަ އެވެ.
ޔުޒާކޫ، 47، އާ އެކީ ހަނދަށް ދާނެ އަންހެނަކު ހޯދަން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ހުޅުވާލުމުން 30،000 ގާތްކުރާ އަދަދަކަށް މީހުން ކުރިމަތިލި އެވެ. އެކަމަކު ފަހުން އެކަން ކެންސަލްކޮށްފައިވެ އެވެ. ޖަޕާނުގެ އެންމެ ބޮޑު އޮންލައިން ފެޝަން ރިޓެއިލް ކުންފުނި ޒޯޒޯގެ ވެރިޔާ ޔުޒާކޫގެ މިލްކިއްޔާތު 2.0 ބިލިއަން ޑޮލަރަށް އަރަ އެވެ.