"ހަސަން ކުރުސީ" އެމްޑީޕީގެ އަންހެނުންނާ ބެހޭތީ އެ ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސާ އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮރައިޒާ އާދަމް (ރޮޒޭ) ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
ރޮޒޭ ތުހުމަތުކުރައްވާ ގޮތުގައި "ހަސަން ކުރުސީ" ގެ ނަމުގައި ޓްވިޓާ އެކައުންޓެއް ގެންގުޅުއްވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އެކަމަކު އެ މަނިކުފާނު އެކަން ދޮގުކުރައްވަ އެވެ.
I strongly condemn this man constantly targeting & attacking the women of MDP. As we try so hard to bring more women into politics, this person who we all know, is hiding behind a fake account & constantly harassing the few female leaders we have. So disgraceful! pic.twitter.com/tlsbipR43E
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) December 8, 2022
އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައިސް ހިސާން ހުސައިން ކުދިންތަކަކަށް ގެވެށިއަނިޔާކޮށްފައިވާ ކަމަށް ބުނެ މީޑިއާތަކުން ފެތުރި ހަބަރެއްގެ އިނގިރޭސި ބަހުން ވިދާޅުވުމަށް ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ކެރޮން ރޯސްލާގެ އަރިހުގައި އެދިވަޑައިގެން ހަސަން ކުރުސީ ކުރި ޓްވީޓަކާ ގުޅިގެން ރޮޒޭ ވިދާޅުވީ އޭނަ އެމްޑީޕީގެ އަންހެނުންނާ ތަކުރާރުކޮށް "ބެހޭތީ" ވަރަށް ކަންބޮޑުވާ ކަމަށެވެ.
"ގިނަ އަންހެނުން ސިޔާސީ ދާއިރާ އަށް ނެރުމަށް މަސައްކަތްކުރަމުން އަންނަ އިރު، ފޭކް އައިޑީއެއް ހަދައިގެން އަންހެނުންނަށް އެކި ގޮތްގޮތަށް ފުރައްސާރަކުރަނީ ކާކުކަން އަޅުގަނޑުމެންނަށް އެނގޭ،" ރޮޒޭ ވިދާޅުވި އެވެ. "އަދި މިއީ އަންހެނުންނަށް ކުރާ ވަރަށް ބޮޑު އިހާނާތެއް."