ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ އާ ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.
ޑައިރެކްޓަރު/ޕްރޮޑިއުސަރު ނިކިލް އަދުވާނީގެ އެންމޭ އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް ދޫކޮށްލަން ނިންމީ އަންނަ އަހަރުގެ މާޗް 3 ގަ އެވެ. މިދިޔަ އަހަރު ޝޫޓިން ނިންމާފައި އޮތް ފިލްމަކީ މަޔަކު އަންހެން ދަރިއަކަށް އިންސާފު ހޯދަން ވާ ގުރުބާނީ އާއި އޭނަގެ ހިތްވަރު ދައްކުވައި ދޭނެ ޑްރާމާ ފިލްމެކެވެ.
ވަރަށް ބޮޑު ބައި ނޯވޭގައި ޝޫޓްކުރި "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ގެ ޑައިރެކްޓަރަކީ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ 2013 ގެ "މޭރޭ ޑޭޑް ކީ މަރޫޓީ" ގެނެސްދިން އާޝިމާ ޗިބާރެވެ.
ކާމިޔާބު އަދި އެހާމެ ރީތި އެތައް ފިލްމެއް ކުޅެފައިވާ ރާނީ، 44، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބަންޓީ އޯރް ބަބްލީ 2" އެވެ.