Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ޖާންވީ ސޮވެނާ ޖާނީގައި

ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދަ އެވެ.

އޭނަ ހުރި ސޮނެވާ ޖާނީގައި ނަގާފައިވާ ފޮޓޯތަކެއް އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ. ޖާންވީ، 25، އަކީ ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅެވެ. މަންމަގެ ޒަމާނުގައި ފުރާވަރު ދުވަސްވަރު ބައްޕަ ބޯނީ ކަޕޫރާއި ކޮއްކޮ ހުޝީ ކަޕޫރާ އެކީ ވެސް ޖާންވީ ރާއްޖެ އައިސްފައިވެ އެވެ.

ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ބަތަލާގެ ދެ ފިލްމެއް މި އަހަރު ރިލީޒްވި އެވެ. އެއީ މިދިޔަ ރިލީޒްކުރި "މިލީ" އާއި ޖުލައިގައި ރިލީޒްކުރި "ގުޑް ލަކް ޖެރީ" އެވެ.

ޖާންވީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބަވާލް" އާއި "މިސްޓަ އެންޑް މިސިޒް މާހީ" ހިމެނެ އެވެ.