Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

އާރޮންގެ ބޭބެ ނިކް އަށް ރޭޕްގެ ތުހުމަތު!

އެމެރިކާގެ މަޝްހޫރު މިއުޒިކް ބޭންޑް "ބެކްސްޓްރީޓް ބޯއިސް" ގެ މެމްބަރު ނިކް ކާޓާގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށްފި އެވެ.

އުމުރުން 42 އަހަރުގެ ފަންނާނުގެ މައްޗަށް ޖިންސީ ރޭޕްގެ ތުހުމަތުކުރީ ޝެނަން ރޫތު ކިޔާ 39 އަހަރުގެ މީހެކެވެ. ޝެނަން މިދިޔަ ބުރާސްފަތި ދުވަހު ލަސް ވެގަސްގެ ކޯޓަށް ވެސް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އޭނަގެ އުމުރުން 17 އަހަރުގައި ނިކް 2001 ގައި އޭނަ ރޭޕްކޮށްފައިވާ ކަމަށެވެ. އެގޮތުން ވޮޝިންޓަންގައި އޮތް ކޮންސަޓެއްގެ ތެރެއިން އޮޓޯގްރާފު ހޯދަން ކިއޫގައި އުޅެނިކޮށް ނިކްގެ ލޮލުގައި އޭނަ އަޅައި، ބުއިމަކަށް ދައުވަތު ދިނުމަށް ފަހު ގެންގޮސް، ރޭޕްކޮށްފައިވާ ކަމަށް ބުންޏެވެ.

ނިކް މައްޗަށް ކުރި މި ތުހުމަތާ ގުޅިގެން މި މަހުގެ 14 ގައި އޭބީސީ ނެޓްވޯކުން ގެނެސްދޭން އޮތް ކްރިމަސް ޝޯގައި ހިމަނާފައި އޮތް "ބެކްސްޓްރީޓް ބޯއިސް" ގެ ހާއްސަ ޕްރޮގްރާމް ވެސް ތާވަލުން ނަގައި އެ ނުގެނެސްދޭން ވަނީ ނިންމައިފަ އެވެ.

މިކަމާ ގުޅިގެން ނިކްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ އޭނަގެ މައްޗަށް ކުރީ ކަނޑައެޅިގެން ދޮގު ތުހުމަތެއް ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާފައިވާ ނަމަ އެކަމާ ދެކޮޅަށް މީހަކު ނުކުމެ ވާހަކަ ދައްކާނީ މިއަދު ނޫން ކަމަށް ބުންޏެވެ. އެހެންވެ 20 އަހަރު ކުރިން ޝެނަން ރޭޕްކުރި ކަމަށް ބުނެ ކުރި ތުހުމަތުގައި އެއްވެސް އަސާސެއް ނެތް ކަމަށް ބުންޏެވެ.

ތިން ކުދިންގެ ބައްޕަ، ނިކް ބުނީ އޭނަގެ މައްޗަށް ކުރާ ތުހުމަތުގައި ހަގީގަތެއް ނެތްކަން ސާބިތުކޮށް ދެވޭނެ ކަމަށެވެ. އަދި މިކަމަކީ ޝެނަން އާއި އޭނަގެ ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރާ ބަޔަކު ފައިސާގަނޑެއް ހޯދުމުގެ ބޭނުމުގައި އެޅުވި ތުހުތަމެއް ކަމަށް ބުންޏެވެ.

ނިކް އަކީ މިދިޔަ މަހުގެ 5 ގައި މަރުވި އާރޮން ކާޓާގެ ބޭބެ އެވެ. ދިވެހިންގެ ތެރޭގައި އާރޮން އަށް ސަމާލުކަން ލިބުނީ ރާއްޖޭގެ އާޓިސްޓެއް ކަމަށްވާ އަލީ ޝިމްހާގްގެ ޑިޖިޓަލް ކުރުހުމެއް އޭނަ "ވަގަށް ނައިގެން" ބޭނުންކުރި މައްސަލާއާ ގުޅިގެންނެވެ. އެ މައްސަލާގައި އާރޮންގެ މައްޗަށް ޝިހްމާ ކުރި ދައުވާ ވެސް ކާމިޔާވުބެ، ލިބުނު ގެއްލުމަށް އާރޮންގެ އަތުން ބަދަލު ވެސް ނަގައި ދީފައިވެ އެވެ.