Last Updated: April 20, 13:48
Saturday, April 20, 2024
ދުނިޔެ

ބޮން އަޅާ ޒާތުގެ އާ ބޯޓެއް ދައްކާލައިފި

އެމެރިކާގެ ވައިގެ ސިފައިންގެ އެންމެ ފަހުގެ ބޮން އަޅާ ޒާތުގެ ބޯޓު ބީ-21 ދައްކާލައިފި އެވެ.

މި ރެއިޑަރަކީ އެމެރިކާގެ ވައިގެ ސިފައިން 30 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ދައްކާލި ބޮން އަޅާ ފުރަތަމަ ބޯޓެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީން ފުރިފައިވާ ބީ-21 ރެއިޑާގެ އަގު 700 މިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ރަސްމީކޮށް ދައްކައިލީ އިއްޔެ "ނޯތުރޮޕް ގްރަމަން" ކުންފުނިން އިންތިޒާމްކޮށްގެން ބޭއްވި ހަފުލާއެއްގަ އެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވީ އެމެރިކާގެ ވައިގެ ސިފައިންގެ ފްލީޓުގައި މިހާރު ހިމެނޭ ހުރިހާ އެއްޗަކަށް ބޮން އަޅާ އާ ބޯޓު މާ ބޮޑަށް ކުރިއަރާފައިވާ ކަމަށެވެ. އެމެރިކާގެ ވައިގެ ސިފައިންގެ ތެރޭގައި 152 އަށް ވުރެ ގިނަ ބޮން އަޅާ ބޯޓު ހުންނާނެ ކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ.