Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ބްރެޒިލަށް ދެން ކުޅޭނެކަމުގެ ޔަގީންކަމެއް ނެތް

ބްރެޒިލްގެ ގައުމީ ޓީމަށް ދެން ކުޅޭނެ ކަމުގެ ޔަގީންކަމެއް ދެވެން ނެތް ކަމަށް އެޓީމުގެ ފޯވާޑް ނޭމާ ބުނެފި އެވެ.

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ ކްރޮއޭޝިއާ އަތުން ބަލިވެ ބްރެޒިލް ވަނީ މުބާރާތުން ކަޓާފަ އެވެ. މިއީ މުބާރާތުގެ ކުއާޓާފައިނަލުން ޖެހިޖެހިގެން ބްރެޒިލް ކެޓި ދެވަނަ ފަހަރެވެ. ބްރެޒިލަށް އެންމެފަހުން ކުއާޓާފައިނަލް ފަހަނައަޅާ ދެވިފައި ވަނީ 2014 ވަނަ އަހަރު އެވެ.

ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ނޭމާ ބުނީ ކުރިމަގާ މެދު މިވަގުތު ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި އެއްވެސް ކަމަކަށް ޔަގީންކަން ދޭން ބޭނުން ނުވާ ކަމަށެވެ. އަދި މިވަގުތު ބޭނުން ވަނީ އޭނާ ބޭނުންވާ ގޮތަކާއި މެދު ރަނގަޅަށް ވިސްނަން ކަމަށާއި ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުމުގެ ދޮރު ބަންދު ނުކުރާ ކަމަށްވެސް ނޭމާ ބުންޏެވެ.

"އެކަމަކު 100 ޕަސެންޓް ޔަގީންކަމާއެކު ނުބުނާނަން އަހަރެން އެނބުރި އަންނާނަމެކޭ ވެސް." ނޭމާ ބުންޏެވެ.

ނޭމާ ،30، މީގެކު ރިން ވަނީ މިފަހަރުގެ ވޯލްޑް ކަޕަކީ ފަހަރުގައި އޭނާގެ ފަހު ވޯލްޑް ކަޕަށް ވުމަކީ ގާތް ކަމެއް ކަމަށް ބުނެފަ އެވެ.

ވޯލްޑް ކަޕުން ބްރެޒިލް ކެޓިއިރު އެޓީމަށް ދެން އޮތް އެންމެ ބޮޑު މުބާރާތަކީ 2024 ވަނަ އަހަރު އޮންނަ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތެވެ.