ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސަޑަރު ވަންގ ފުކާން އައްޑޫ ސިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ.
އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވީ ވަންގގެ ބައްދަލުވުމުގައި ޗައިނާއިން ރާއްޖެއަށް ވަމުންދާ އެހީތަކާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ސީއެމްބިއުލެންސެއް ހަދިޔާ ކުރުމަށް ނިންމަވާފައިވާ ކަމަށް ވަންގ ވިދާޅުވިކަމަށެވެ.
ސޯބެ ވިދާޅުވީ ކުނި ނައްތާލުމާއި ގުޅޭ ގޮތުން ކައުންސިލުން ކުރަމުންދާ މަަސައްކަތްތަކާއި ގުޅޭ މައުލޫމާތު ވަންގ އާއި ހިއްސާކުރައްވާފައެވެ. އަދި އެކަމަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ވަންގގެ ދަތުރުފުޅުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި އެތަނުގެ ކަންކަން ވަނީ ބައްލަވާ ލައްވާފައެވެ.
ޗައިނާއިން ރާއްޖެއަށް ހަދިޔާކުރާ ސީ އެމްބިއުލެންސްގެ ހިދްމަތް އައްޑޫއަށް ވަރަށް ބޭނުންކަމަށް ވަންގ ވަނީ ވިދާޅުވެފައެވެ.