Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ރައީސް މާފުށީގައި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކ. މާފުއްޓަށް ވަޑައިގެންފި އެވެ.

އެ މަނިކުފާނު އިއްޔެ ހަވީރު އެ ރަށަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ. އެނގިފައިވާ ގޮތުގައި ރައީސް މާފުއްޓަށް ވަޑައިގެންނެވީ މަޝްހޫރު ކުންފުނި، ކާނި ހޮޓެލްސް ގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހަރަކާތްތަކުގައި ބައިވެރިވަޑައިގަތުމަށް ލިބިވަޑައިގަތް ދައުވަތަކަށެވެ.

ނަމަވެސް ރައީސްގެ މި ދަތުރާ ބެހޭ ގޮތުން ރައީސް އޮފީހުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ކާނި ހޮޓެލްސް އިން ގެސްޓް ހައުސްތަކެއް ހިންގަމުން އަންނަ މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓް ހައުސްގެ ވިޔަފާރިކުރާ ރަށެވެ.