މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެސްޓީއޯ އިން އެވޯޑު ދީފި އެވެ.
ސަރުކާރުގެ ވިޔަފާރި ކުންފުނިން ދަރުބާރުގޭގައި "އެސްޓީއޯ ސްޓާފް އެވޯޑް" ގެ ނަމުގައި ބޭއްވި ހަފުލާ އަކީ މުވައްޒަފުންގެ އަގުވަޒަން މިފަދަ އެވޯޑު ހަފްލާއެއް ބޭއްވި ފުރަތަމަ ފަހަރެވެ. އެސްޓީއޯ އިން ބުނި ގޮތުގައި މި އެވޯޑްގެ މަގުސަދަކީ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ އިތުރުން ކުންފުނި ކުރިއަރުވައިދޭ މުވައްޒަފުންގެ ހުނަރާއި މަސައްކަތަށް ހައްގު ޝަރަފު ދިނުމެވެ.
މުވައްޒަފުންނަށް އެވޯޑް ދިނީ އެވޯޑަށް ނަން ހުށަހަޅަން ބޭނުން ކޮންމެ މުވައްޒަފަކަށް އެ ފުރުސަތު ހުޅުވާލައި، އޭގެ ތެރެއިން ހޮވާލައިގެންނެވެ. އެވޯޑަށް ނޮމިނޭޓްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެސްޓީއޯ އަށް ކުންފުންޏަށް ހިދުމަތްކުރި މުވައްޒަފުންނެވެ. އެގޮތުން މުވައްޒަފަކު ނަން ހުށަހެޅި ތާރިހުގައި، އެ މުވައްޒަފަކީ، ކުންފުނީގެ ފުލްޓައިމް މުވައްޒަފަކަށް ވާންޖެހެ އެވެ.
STO STAFF AWARDS 2022!
This evening will be momentous, filled with joy, inspiration, and gratitude for the incredible staff of #TeamSTO. 😍😍😍#STOStaffAwards2022 pic.twitter.com/7OmquLie9V— STO (@stoplc) December 8, 2022
ރޭގެ ހަފުލާގައި އެސްޓީއޯއިން 11 އެވޯޑެއް ދީފައިވެ އެވެ. އޭގެ ތެރޭގައި "ބްރިލިއަންސް އެވޯޑް"، "އެޑިއުކޭޝަނަލް އެޗީވްމަންޓް އެވޯޑް"، "އައުޓްސްޓޭންޑިން އިނޮވޭޓިވް އެވޯޑް" އަދި "ގޮޓް ދެޓް އެކްސްޓްރާ މައިލް" އެވޯޑް، އެވެ.
އަދި މީގެ ތެރެއިން ހުރިހާ ގޮތަކުން ވެސް އެންމެ މަގުބޫލުކަމަށް ވޯޓު ނަގައި، އެންމެ ގިނަ ވޯޓް ލިބުނު މުވައްޒަފަށް "އެމްޕްލޯއީ ޗޮއިސް އެވޯޑް" ވެސް ދީފައިވެ އެވެ. ނަމަވެސް މުޖުތަމައުއަށް ފައިދާ ހުރި ހިދުމަތެއް ކޮށްދީފައިވާ މުވައްޒަފުންނަށް ހުށަހެޅި "ހައިޕާ ހެލްޕާ އެވޯޑް" އަށް އެއްވެސް މުވައްޒަފަކު ނޮމިނޭޓެއް ނުވެ އެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި ނޮމިނޭޝަނަށް ހުޅުވާލުމުން 598 ނޮމިނޭޝަން ލިބުނެވެ. އަދި ނޮމިނޭޓްވި މުވައްޒަފުންގެ ނަންތައް އިވެލުއޭޓްކުރީ އެކަމަށް އެކުލަވާލި ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.