Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ރައްޔިތުން ގަބޫލުކުރަނީ ސަރުކާރު ވަރަށް ކޮރަޕްޓް ކަމަށް

މެންބަރު އަހުމަދު އުޝާމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުން މިހާރު ގަބޫލުކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވަރަށް ކޮރަޕްޓް ވެއްޖެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ އެންޓި ކޮރަޕްޝަން ދުވަހުގެ ހިތާބުގައި ރައީސް ސޯލިހް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

ކޮރަޕްޝަންގެ ކިތަންމެ ކުޑަ އަމަލަކަށް ވިޔަސް ނުރުހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވި ވާހަކައަށް ރައްދު ދެއްވާ އުޝާމް ވަނީ ކޮރަޕްޝަންގެ ދައުވާލިބޭ ފަރާތްތަކާ ބޮޑެތި ތުހުމަތުތަކުގައި ތަހުގީގުކުރެވޭ ފަރާތްތައް މިސަރުކާރުގެ އެންމެ އިސްމަގާމުތަކުގައި އެހާ ގިނައީ އެހެންވެތޯ ސުވާލު އުފައްދަވާފައެވެ.

"ދިވެހި ގިނަ ރައްޔިތުން މިއަދު ގަބޫލުކުރަނީ މިސަރުކާރަކީ ވަރަށް ކޮރަޕްޓް ސަރުކާރެއްކަމަށް." އުޝާމްގެ ޓްވީޓްގައިވެއެވެ.

ކޮރަޕްޝަންގެ ކަންކަމުގައި މިސަރުކާރުން ދޭނީ "ޒީރޯ ޓްލަރެންސް" ކަމަށް ރައީސް ސޯލިހް ވިދާޅުވި ނަމަވެސް، އެކަން އެއީ ނަމަކަށް އޮތް ކަމެއް ކަަމަށް ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަމުން އަންނައިރު މިސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެއްގެ ގޮތުގައި އޮތް އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ އަދިވެސް އޮތީ ތަހުގީގު ނުކުރެވިއެވެ.