Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

އެޗްއާރްއެޗްގެ އޮޕަރޭޝަން ޑޮކްޓަރު ފޮނުވާލައިފި

ހޮސްޕިޓަލުން ފޮނުވާލި އޮޕަރޭޝަން ޑޮކްޓަރު

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް)ގައި މަސައްކަތް ކުރަމުން ދިޔަ އޮޕަރޭޝަން ޑޮކްޓަރު ފޮނުވާލައިފި އެވެ.

އިތުބާރު ހުރި ގޮތަކަށް "އައްޑޫ ލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޮޕަރޭޝަން ޑޮކްޓަރު ފޮނުވާލާފައި ވަނީ އޭނާގެ ސެޓްފިކެޓްތަކުގެ މައްސަލައަކާ ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާއަށް ތަކުރާކުކޮށް ގުޅުމުންވެސް ފޯނު ނުނަންގަވާތީ ވަނީ ޖަވާބެއް ލިބޭގޮތް ނުވެފައެވެ.

ހޮސްޕިޓަލްގެ އެހެން އޮފިޝަލަކު ވިދާޅުވީ އޮޕަރޭޝަން ޑޮކްޓަރު "ކޮންމެވެސް މައްސަލާކާ" ގުޅިގެން އިއްޔެ ފޮނުވާލާފައިވާ ކަމަށެވެ. ނަމަވެސް ވަކި މައްސަލައެއް އޭނާ ވިދާޅެއް ނު ވެއެވެ.

AAA (3)

އޮޕަރޭޝަން ޑޮކްޓަރު ފުރުވާލުމާއި ގުޅިގެން މިވަގުތު ހިތަދޫ ހޮސްޕިޓަލުން އޮޕަރޭޝަން ޑޮކްޓަރެއްގެ ހިދްމަތް ނުލިބެއެވެ.

ހިތަދޫ ހޮސްޕިޓަލާއި ގުޅޭ ޝަކުވާތައް އަނެއްކާވެސް ވަނީ ބޮޑުވެފައެވެ. ހޮސްޕިޓަލްގެ މެނޭޖްމަންޓުން ކަންކަން އިސްލާހު ކުރުމުގެ ބަދަލުގައި ކަންކަން ފޮރުވަން ދަނީ މަސައްކަތް ކުރަމުންނެވެ.