Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ކޮރަޕްޝަނުގައި ސަރުކާރު އޮތީ ފިތިފައި

މިހާރުގެ ސަރުކާރު އޮތީ ކޮރަޕްޝަނުގެ ތެރޭގައި ފިތިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ހިތާބަށް އިޝާރާތް ކުރައްވައި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގައި ހިންގާ ކޮރަޕްޝަންގެ އަމަލުތަކަށް ފިޔަވަޅު ނާޅައި، އެފަދަ މީހުންނަށް ހިމާޔަތް ދެމުން، ކޮރަޕްޝަން މަދުކުރަން ރައްޔިތުންގެ އެއްބާރުލުމަށް އެދެނީ ރައްޔިތުން ބަދުނާމްކުރަން ކަމަށެވެ.

"ކޮރަޕްޝަންގެ މައްސަލާގައި ސަރުކާރު އޮތީ ފިތިފައި،" އޭނާ ވިދާޅުވި އެވެ. "ކޮމްޕްރަމައިޒްވެފައި."

އާދަމް ޝަރީފްގެ އެހެން ޓްވީޓެއްގައި ވަނީ ވެންޓިލޭޓަރު މައްސަލަ އާއި ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލު ކަމަށްވާ އެމްއެމްޕީއާރްސީގެ މައްސަލަ ވެސް ސަރުކާރަށް ނުބެލޭތީ ފާޑު ވިދާޅުވެފަ އެވެ.

"މި ސަރުކާރަކަށް އެއްވެސް އިތުބާރެއް ނެތް." ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.