Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"ރަޝް އަވާ 4" ހަދާނެކަމުގެ އިޝާރާތެއް ދީފި

މަޝްހޫރު އެކްޓަރު ޖެކީ ޗަންގެ ކާމިޔާބު ފިލްމު ފްރެންޗައިޒް "ރަޝް އަވާ" ގެ ހަތަރު ވަނަ ބައި އުފައްދާނެކަމުގެ އިޝާރާތެއް ދީފި އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 68 އަހަރުގެ އެކްޓަރު ސައުދީ އަރަބިއްޔާގެ ޖިއްދާގައި މިއަދު ނިންމައިލާ ދެވަނަ ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި އިއްޔެ ބުނީ "ރަޝް އަވާ 4" އާ ބެހޭ ގޮތުން މިހާރު ވާހަކަތައް ދެކެވެމުން އަންނަ ކަމަށެވެ. އަދި އެ ފިލްމު ހަދާނެ ޑައިރެކްޓަރާ ވެސް ވަރަށް އަވަހަށް ބައްދަލުކުރާނެ ކަމަށް ބުންޏެވެ. އެކަމަކު ޑައިރެކްޓަރަކީ ކާކު ކަމެއް ޖެކީ ޗަން ނުބުނެ އެވެ.

"ރަޝް އަވާ ހަތަރެއްގެ ސްކްރިޕްޓާ ބެހޭ ގޮތުން އަހަރެމެން ވަރަށް އަވަހަށް މަޝްވަރާކުރަން." އޭނާ ބުންޏެވެ.

މި ބަޑީ އެކްޝަން-ކޮމެޑީގެ ތިން ފިލްމު ވެސް ޑައިރެކްޓްކުރީ ބްރެޓް ރަޓްނާ އެވެ. "ރަޝް އަވާ" 1998 ގައި ގެނެސްދިނުމަށް ފަހު ދެވަނަ ބައި ގެނެސްދިނީ 2001 ގަ އެވެ. އަދި ތިން ވަނަ ބައި ރިލީޒްކުރީ 2007 ގަ އެވެ.

"ރަޝް އަވާ" ގެ ފިލްމުތަކުގައި ޖެކ ޗަންއާ އެކީ އެންމެ މުހިއްމު ރޯލެއް ކުޅެފައި ވަނީ ކްރިސް ޓަކާ އެވެ.