ބިދޭސީންނަށް މަސްވެރިކަން ކުރެވޭނެ ގޮތް ހެދުމަކީ އެ ސިނާއަތް ގެއްލުމުގެ ފެށުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓްގައި ނާޒިމް ވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ މަސްވެރިންނާއި އެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އަރިސްކޮށްފައެވެ.
ނާޒިމް ވިދާޅުވި ދިވެހި މަސްވެރިން ބިނާކުރެވެން ވާނެ ކަމަށާއި އަދި އެކަން ކުރަން ބޭނުންނަމަ ކުރެވޭނެވެސް ކަމަށެވެ. އަދި އެކަން ނުކޮށް ބިދޭސީންނަށް މަސްވެރިކަން ކުރެވޭނެ ގޮތް ހެދުމަކީ އެ ސިނާއަތް ގެއްލުމުގެ ފެށުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
މަސްވެރިންގެ ދުވަހުގެ ތަހުނިޔާ މަސްވެރިންނާއި އެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެންނަށް ދަންނަވަން.
ދިވެހި މަސްވެރިން ބިނާކުރެވެން ވާނެ، އެކަން ކުރަން ބޭނުންނަމަ ކުރެވޭނެވެސްމެ. އެކަން ނުކޮށް ބިދޭސީންނަށް މަސްވެރިކަން ކުރެވޭނެ ގޮތް ހެދުމަކީ އެ ސިނާއަތް ގެއްލުމުގެ ފެށުން.
— Mohamed Nazim MP (@nazim7878) December 10, 2022
ރާއްޖޭގައި ބިދޭސީންނަށް ވެސް މަސްވެރިކަމުގައި އުޅެވޭ ގޮތަށް ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާ ގުޅޭ ގަވާއިދަށް އިސްލާހު ގެނައީ ނުހަނު ފަހުންނެވެ.