Last Updated: June 17, 08:02
Wednesday, June 17, 2026
ޚަބަރު

ރޮޒޭ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރަނީ

މީދޫ ކައުންސިލަރު އައިމިނަތު ސާލިހާއާ އެކީ ރޮޒޭ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) މިރޭ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރަން ހަމަޖެހިއްޖެ އެވެ.

މީދޫ އަވަށު އޮފީހުން ބުނީ އެ ބައްދަލުވުން އޮންނާނީ މިރޭ އަވަށު އޮފީހުގައި 10:00 ގަ އެވެ. އެހެންވެ ވީހާ ގިނަ ބަޔަކު ބައްދަލުވުމުގައި ބައިވެރިވާން އެދިފައިވެ އެވެ. ރޮޒޭ މީދު އަށް ވަޑައިގެންނެވީ ރޭގަ އެވެ.

މީދުއާ އެކީ މަރަދޫފޭދޫ މަޖިލިސް ތަމްސީލުކުރައްވާ މެމްބަރަކީ ރޮޒޭ އެވެ.