Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

މީޑިއާ ކައުންސިލަށް މެމްބަރުން އިންތިހާބުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އާ ދައުރަށް މިއަދު މެމްބަރުން އިންތިހާބުކޮށްފި އެވެ.

މެމްބަރުން ހޯވަން ހޯމް މިނިސްޓްރީން ބޭއްވި އިންތިހާބުގައި އެމްއެމްސީގައި މިޑިއާތަކުން ތަމްސީލުކުރައްވާ މެމްބަރުންގެ އިތުރުން އާންމުންގެ ތެރެއިން ތަމްސީލުކުރާ މެމްބަރުން ވެސް އިންތިހާބުކޮށްފައިވެ އެވެ.

އެގޮތުން މީޑިއާތަކުން އެމްއެމްސީ އަށް އިންތިހާބުވި މެމްބަރުންނަކީ އަހުމަދު އާޒިފު (ސަން އޮންލައިން)، މުހައްމަދު ސިމާއު (ވަން އޮންލައިން)، މުހައްމަދު އަފްރާހު (ތިލަދުން)، މޫސާ ރަޝީދު (މިހާރު)، ހުސެއިން ޝަރީފް (ވަގުތު)، އަހުމަދު މުސްތަފާ (ޕީއެސްއެމް) އަދި އަލީ ނިޝާން (އާފަތިސް އޮންލައިން) އެވެ.

އާންމުންގެ ތެރެއިން އިންތިހާބުވި މެމްބަރުންނަކީ އަރުމާން ރަޝީދު، އަހުމަދު ޝައްފާން، ފާތިމަތު ޝާޒްލީ، އަހުމަދު އަމީން އަހުމަދު،
މުހައްމަދު ނަސީރު އަދި އަލީ ރަޝީދު އިބްރާހިމެވެ.

އެމްއެމްސީގެ މެމްބަރުންގެ އަދަދަކީ 15 އެވެ. އަދި ދައުރެއްގެ މުއްދަތަކީ ދެ އަހަރެވެ.

އާ ދައުރަށް މެމްބަރުން އިންތިހާބުކުރި، މިހާރުގެ ދައުރު އަންނަ ބުދަ ދުވަހަށް ހަމަވާނެ އެވެ.