Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ސުޝާންތު ދަންޖެހުނު އެޕާޓްމަންޓް ހިފާނެ ބަޔަކު ނުވޭ!

މީގެ ދެ އަހަރު ކުރިން ބޮލީވުޑްގެ ތަރި ސުޝާންތު ސިންގް ރާޖްޕޫތު ދަންޖެހިގެން މަރުވި އެޕާޓްމަންޓް ކުއްޔަށް ދޫކުރަން މަސައްކަތްކުރި ނަމަވެސް އެތަން ހިފާނެ ބަޔަކު ނުވެގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޖޫން 14، 2020 ގައި ސުޝާންތު އަމިއްލަ ދަންޖެހިގެން މަރުވި އެޕާޓްމަންޓަކީ މުމްބާއީގެ އެންމެ ހިތްގައިމު އެއް ސަރަހައްދު ކަމަށްވާ ހުޅަނގު ބަންޑްރާގެ މޮންޓް ބްލޭންކް އިމާރާތުގެ ހަ ވަނަ ބުރި އެވެ. މި އިމާރާތަކީ ލަގްޒަރީ ފެންވަރުގެ އެޕާޓްމަންޓްތަކެއް ހިމެނޭ އަދި ހިމެނޭ ސީ ވިއު ވެސް ލިބޭ އިމާރާތެކެވެ.

ސުޝާންތު އުޅުނު އެޕާޓްމަންޓް ކުއްޔަށް ދޭން ރިއަލް ސްޓޭޓް އޭޖެންޓެއް ކަމަށްވާ ރަފީގް މާޗަންޓް ޓްވިޓާގައި ވެސް އެތަނުގެ ވީޑިއޯއަކާ އެކީ އިއްޔެ އިއުލާންކޮށްފައިވެ އެވެ. އޭގައި ބުނެފައިވާ ގޮތުގައި އެތަނުގެ ކުއްޔަކީ މަހަކު 5 ލައްކަ ރުޕީސް އެވެ.

ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި އެ ފާއިތުވި ދެ އަހަރުގެ ތެރޭގައި އެ އެޕާޓްމަންޓް ކުއްޔަށް ދޭން އެކި ފަހަރު މަތިން އިއުލާންކުރި އެވެ. އެކަމަކު އެތަނަކީ ސުޝާންތު ދަންޖެހުނު އެޕާޓްމަންޓްކަން އެނގޭ ހިސާބުން އެއްވެސް ބަޔަކު އެތަން ހިފާކަށް ބޭނުމެއް ނުވެ އެވެ.