Last Updated: April 20, 18:41
Saturday, April 20, 2024
ދުނިޔެ

ޑައިސަންގެ އެއާ ޕިއުރިފައިން ހެޑްފޯނެއް

މި އަހަރުގެ ކުރީކޮޅު ޑައިސަން އިން ވަނީ އެ ކުންފުނީގެ ފުރަތަމަ އޯޑިއޯ ޕްރޮޑަކްޓެއް ކަމަށްވާ ހެޑްފޯން ޖޯޑެއް ދައްކާލައިފަ އެވެ.

މި ހެޑްފޯން ބިލްޓް-އިން ފިލްޓްރޭޝަން ސިސްޓަމަކާއި މާސްކެއްގެ ސަބަބުން ހަމައެކަނި އަޑު ހުއްޓުވުމެއް ނޫން، ވައިގެ ތެރޭގައި އުފެދޭ ނޭދެވޭ ޕާޓިކަލްތައް ވެސް ހުއްޓުވާނެ އެވެ.

ޑައިސަން އަކީ ވެކިއުމް ކްލީނަރަށް ގެނައި އީޖާދުގެ ސަބަބުން އެންމެ ބޮޑަށް މަޝްހޫރު ކުންފުންޏެއް ކަމަށާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ކޮތަޅުގެ ބޭނުން ނައްތާލައި، ކްލީނަރުގައި ނަޖިސް ފުރިގެން ދިޔަ ނަމަވެސް މެކްސިމަމް ސަކްޝަން ކަށަވަރުކޮށްދޭ ކުންފުންޏެކެވެ.