ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ "ހަފުތާ ރެސް" އައްޑޫގައި ބާއްވަން ނިންމައިފި އެވެ.
އެ ހަރަކާތް އައްޑޫގައި ބާއްވަނަ ހަމަޖެހިފައި ވަނީ މި މަހުގެ 21-24 އަށެވެ. އެހެންވެ މިކަމާ ގުޅޭ ގޮތުން ކައުންސިލާ އެކީ ޔޫތު މިނިސްޓްރީގެ ޓީމަކުން އިއްޔެ ވަނީ މަޝްވަރާ ވެސްކޮށްފަ އެވެ. ކައުންސިލުން ބުނި ގޮތުގައި އައްޑޫގައި "ހަފުތާ ރެސް" ބާއްވަނީ ޔޫތު މިނިސްޓްރީ އާއި ނޭޝަނަލް ކައުންޓަ-ޓެރަރިޒަމް ސެންޓަރު ގުޅިގެންނެވެ.
ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުގައި މިހާތަނަށް "ހަފުތާ ރެސް" ބާއްވާފައިވެ އެވެ.
ޒުވާނުންގެ ހުނަރާއި އެކި ދާއިރާތަކުން މައުލޫމާތު ދިނުމާއި ވިޔަފާރީގެ ހަރަކާތްތައް ވެސް އެކުލެވޭ ގޮތަށް "ހަފުތާ ރެސް" ގެ ނަމުގައި ހަރަކާތްތަކެއް ބާއްވަން ފެށީ 2018 ގެ ފަހުކޮޅު އެވެ.