Last Updated: July 12, 06:09
Sunday, July 12, 2026
ދުނިޔެ

އެޕަލް އަށް "ޓްވިޓާ ބްލޫ" އަގުބޮޑުކޮށްފި

ބަދަލުތަކަކާ އެކީ "ޓްވިޓާ ބްލޫ" މާދަމާ އަލުން ލޯންޗްކުރާ އިރު އެޕަލްގެ އައިއޯއެސް އަށް ބަރޯސާވާ މީހުންނަށް ދެން އެ ބޭނުން ކުރެވޭނީ މަހަކު 11 ޑޮލަރު ފީއެއް ދައްކައި ކަމަށް އިއުލާންކޮށްފި އެވެ.

"ޓްވިޓާ ބްލޫ" އަކީ ފީއެއް ދައްކައިގެން ބޭނުން ކުރެވޭ ގޮތަށް މިދިޔަ އަހަރު ލޯންޗްކުރި ހިދުމަތެކެވެ. އަދި އެއަށް ކުރިން ނަގަމުން އައީ މަހަކު 4.99 ޑޮލަރެވެ. ނަމަވެސް މަހުޖަނު އީލޮން މަސްޓް ޓްވިޓާ ބައްލަވައިގަތް ފަހުން، ގެންނަން ނިންމި ބަދަލުތަކުގެ ތެރޭގައި ވަނީ ވެރިފައި އެކައުންޓްތަކުން މަހަކު 8 ޑޮލަރު ނަގަން ވެސް ނިންމައިފަ އެވެ.

އެގޮތުން މާދަމާ އިން ފެށިގެން "ޓްވިޓާ ބްލޫ" އަލުން ލޯންޗްކުރާ އިރު، ވެރިފިކޭޝަނާ އެކީ އެ ލިބޭނީ މަހަކު 11 ޑޮލަރަށެވެ. ނަމަވެސް ވެބްގައި 8 ޑޮލަރަށް އެކައުންޓްތައް ވެރިފައިކޮށްދޭނެ އެވެ.

އީލޮން އޮކްޓޯބަރު މަހުގެ ފަހުކޮޅު ޓްވިޓާ ބައްލަވައިގަތީ 44 ބިލިއަން ޑޮލަރަށެވެ.