ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ތ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ތައާރުކޮށްފި އެވެ.
އެ އަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚހިދުމަތް ގާއިމުކުރުމަށް ވޭމަންޑޫގައި ބުރާސްފަތި ދުވަހުގެ ރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފެވެ.
އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް ޢަލީ ރަޝީދާއި ސައުތު ސެންޓްރަލް ޕޮލިސް ކޮމާންޑަ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދުގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ތ. އަތޮޅު ކައުންސިލާއި ވޭމަންޑޫ ކައުންސިލު މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.