ހދ. ހިރިމަރަދޫ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ހިރިމަރަދޫގައި މިކަމަށްޓަކައި ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އަދި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ.
ހިރިމަރަދޫ މިސްކިތަކީ 8,752,398.95 ރުފިޔާއަށް ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
މި މަސައްކަތް އިމާރާތްކޮށް ނިންމުމަށް އެ ކުންފުންޏަށް 365 ދުވަސް ދީފައިވާއިރު، މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.