ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ، ގއ، ގދ، ޏ އަދި އައްޑޫސިޓީ ހިމެނޭ ސަރަހައްދުގެ ރަށެއްގައި، 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ޑިސެމްބަރު 7 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން 41 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ޑިސެމްބަރު 8 ވަނަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެމީހާ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް ދީފައިވާކަމަށްވެސް މައުލޫމާތުދީފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މިމައްސަލަ ތަހުގީގުކުރަމުންގެންދާ ކަމަށެވެ.