Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ވައިގަދަވާނެތީ ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފި

ފޮޓޯ: އައްޑޫލައިވް

ވައިގަދަވާނެތީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މެންދުރުފަހު 15:00 އިން ރޭގަނޑު 21:00 އާ ހަމައަށެވެ.

މިވަގުތުގައި އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ތ އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ.

އެލާޓް ނެރެފައިވާ ވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.