Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ފުލުހެއްގެ ގައިގައި ޖެހި މީހަކު ހައްޔަރުކޮށްފި

އައްޑޫގެ ފުލުހުންތަކެއް އާންމުންގެ ބަޔަކާ އެކީ.

ފުލުހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މީހަކު އައްޑޫ ހިތަދޫން ހައްޔަރުކޮށް އޭނަގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ރަށުތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހެއްގެ ގައިގައި މި މަހުގެ 6 ވަނަ ދުވަހުގެ ރޭ އަތުން ޖަހައި މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރީ 28 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާ މި މަހުގެ 7 ގައި ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ކުރިން ވެސް އައްޑޫގައި ފުލުހުންނަށް ހަމަލާ ދިނުމުގެ މައްސަލަތައް ފެންމަތިވެފައިވެ އެވެ.