Last Updated: April 20, 13:48
Saturday, April 20, 2024
ދުނިޔެ

އޮރަޔަން އެނބުރި ދުނިޔެ އަށް

ޖައްވުގައި 25.5 ދުވަސް ހޭދަކޮށް، 1.3 މިލިއަން މޭލުގެ ދަތުރަކަށް ފަހު، ނާސާގެ އޮރަޔަން އެނބުރި ދުނިޔެ އަށް އަތުވެއްޖެ އެވެ.

ފަޅުވެރިންނާ ނުލައި އޮރަޔަން އިއްޔެގެ ވަގުތެއްގައި ޕެސިފިކް ކަނޑުގައި ޖައްސާފައިވާ އިރު، މިއީ ހަނދުގެ މިޝަންތަކުގެ ވަރަށް އުއްމީދީ އަދި ފޯރިގަދަ ފެށުމެކެވެ. އޮރަޔަން ވަނީ ޕެރަޝޫޓުގެ އެހީގައި ފޭބުމުގެ ތެރޭގައި ގަޑިއަކު 20،000 މޭލު އިން 20 މޭލަށް ތިރިވެފަ އެވެ.

މި މިޝަނަކީ އިންސާނުން އަލުން ހަނދަށް ދިއުމަށް އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން ފަށާފައިވާ "އާޓިމިސް ޕްރޮޖެކްޓް" ގެ ބައެކެވެ. އޮރަޔަންގެ ދަތުރެއް ދެން ބާއްވަން ތާވަލުކޮށްފައި ވަނީ 2025 ގަ އެވެ.

ނާސާގެ އަމާޒަކީ އެ އަހަރު ދެ މީހަކު ހަނދަށް ފޮނުވުމެވެ. އޭގެ ތެރޭގައި ފުރަތަމަ ފަހަރަށް އަންހެން އެސްޓްރޮނޯޓަކު ވެސް ހިމެނޭނެ އެވެ.