ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ފިރިމީހާ އަދި އެކްޓަރު އަނިލް ކަޕޫރުގެ ބޭބެ ބޯނީ ކަޕޫރު އެކްސިޑެންޓްވެއްޖެ އެެވެ.
ރޭ 9:00 ޖަހާ އެހާކަށްހާ އިރު މި ހާދިސާ ހިނގާފައި ވަނީ ބޯނީ ޕްރޮޑިއުސް ކުރާ އަދި ފިރިހެން ދަރިފުޅު އަރުޖުން ކަޕޫރު މިހާރު ކުޅެމުން އަންނަ ފިލްމް "ތޭވަރު" ގެ ޝޫޓިން އޮތް ތަަނަށް ކާރުގައި ދަނިކޮށެވެ.
އަރުޖުން އާއި ސޮނާކްޝި ސިންހާ ލީޑް ރޯލް ކުޅޭ "ތޭވަރު" ގެ ޝޫޓިން މިހާރު ކުރިއަށް ދަނީ ވާހީގަ އެވެ. އެ ސަރަހައްދަށް ބޯނީ ކާރުގައި ދަނިކޮށް، ކުއްލިއަކަށް ކާރާ މުޑި އެރި ޓްރެކްޓަރެއްގައި ޖެހި އޭނާ އެކްސިޑެންޓްވީ އެވެ. މި ހާދިސާ ހިނގި އިރު، ބޯނީ އިނީ ކާރުގެ ފަހަތު ސީޓްގަ އެވެ. ކާރު ދުއްވީ އޭނާގެ ޑްރައިވަރެވެ.
އެހެން ނަމަވެސް މި ހާދިސާގައި ބޯނީގެ ބުރަކަށްޓަށް ތަދެއް އެރުން ފިޔަވައި، އިތުރު އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު ކާރަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެ އެވެ. އަދި ޑްރައިވަރަށް ވެސް ސީރިއަސް ގެއްލުމެއް ލިބިފައެއްް ނުވެ އެވެ.
ދާދި ފަހުން ބޯނީ އާއި އޭނާގެ އަންހެނުން ސްރީދޭވީ އާއި ކުދިން ދިރިއުޅޭ ގޭގައި އަލިފާނުގެ ހާދިސާއެއް ވެސް ހިނގާފައިވެ އެވެ.
