Last Updated: April 24, 22:15
Wednesday, April 24, 2024
ޚަބަރު

އައްޑޫ ހޮސްޕިޓަލުން ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް. ފޮޓޯ/ އަލީ ނާސިރު

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ޓޯޓަލް ނީ ރިޕްލޭސްމަންޓް (ޓީކޭއާރް) ނުވަތަ ކަކުލުހުޅު ބަދަލުކުރުމުގެ މިހާރު އޮޕަރޭޝަން ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި ފިއެވެ.

އަތޮޅުގެ ތެރޭގައި ހުރި އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަަލުން ބުނީ ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން ނިންމާފައި ވަނކުީ އޭއީއެޗާއި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމަކުން ގުޅިގެން ކަމަށެވެ. އެގޮތުން މިހާރު ކަކުލުހުޅު ބަދަލުކުރުމުގެ ސާޖަރީތައް ބޭނުންވާ މީހުން އޭއީއެޗްގެ ކަށީގެ ޑޮކްޓަރުންނަށް ދައްކައި، ޑޮކްޓަރުގެ ލަފާގެ މަތިން ސާޖަރީ ހެދުމަށް ނަން ނޯޓު ކުރެވޭނެ އެވެ.

މި ހިދުމަތަކީ އާސަންދައިގެ ތެެރެއިން ވެސް ލިބޭ ހިދުމަތެއް ވެސް މެ އެވެ. އޭއީއެޗުން ބުނި އޭއީއެޗްގައި ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ މާލެ ނުގޮސް ފަރުވާ ހޯދަން ބޭނުންވާ މީހުންނަށް ލިބުނު ވަރަށް ބޮޑު ލުޔަކަށް އަދި ފަސޭހައަކަށް ވާނެ ކަަމަށެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އަލަށް ކަކުޅުހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަންތައް ފަށަން ތައްޔާރުވެފައިވާ އިރު، އެތަނުން ވަރަށް އަވަހަށް ޓޯޓަލް ހިޕް ރިޕްލެސްމަންޓް (ޓީއެޗްއާރް) ނުވަތަ އުނަގަނޑުގެ ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތައް ވެސް ފަށާނެ އެވެ.

ޖެނުއަރީ 15، 2020 އިން ފެށިގެން ހުޅުވައި ސިއްހީ ފަރުވާތައް ދެމުން އަންނަ އޭއީއެޗުން ދޭ އިތުރު ޚިދުމަތްތަައް އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުކުރަމުންނެވެ.