Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

އެވޯޑަކުން މަސްވެރިންނަށް ލިބުނު ލުޔެއް ނެތް: ފިރުޝާން

ހުސައިން ފިރުޝާން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެވޯޑަކުން މަސްވެރިންނަށް ލިބުނު ލުޔެއް، ފަސޭހައެއް ނެތް ކަމަށް މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި މަސްވެރިންނަށް އެވޯޑް ދީފައިވާއިރު، މެންބަރު ފިރުޝާން ވަނީ މަސްވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ސޯޝަލްމީޑިއާގައި ހިއްސާކޮށްފައެވެ.

އެގޮތުން ފިރުޝާން ވިދާޅުވީ ރާއްޖޭގެ އެންމެ ގިނައިން މަސްކިރުވި ދޯނިތަކަކީ މަޑަވެލީ ދޯނިތައް ކަމަށާއި އެންމެ މޮޅު ކެޔޮޅުން ތިބީ މަޑަވެލީގައި ކަމަށެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގައި އަޅަން ވައުދުވި އައިސް ޕްލާންޓު އަދިވެސް ވީހިސާބެއް ނޭނގޭ ކަމަށާއި، އޭޓީއެމް އެއްހާ މިންވަރުވެސް ގާއިމު ކޮށް ނުދެވުނު ކަމަށެވެ.

"އެވޯޑު ދެވިދާނެ. އެވޯޑަކުން މަސްވެރިންނަށް ލިބުނު ލުޔެއް ފަސޭހައެއް ނެތް. އެވޯޑަކުން މަޑަވެލި މަސްވެރިން އުފުލަން ޖެހިފައިވާ ތަކުލީފު ކުޑައެއް ނުވޭ." ފިރުޝާން ވިދާޅުވިއެވެ.

މަސްވެރިްނގެ ދުވަހުގެ މުނާސަބާގައި ކުރެއްވި ޓްވީޓްގައިވެސް ފިރުޝާންވަނީ މަސްވެރިން ކުރާ މަސައްކަތަށް ލުޔެއް ހޯދުމާއި، މަސްވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ފެއިލް ވެފައިވާ ކަމަށް ވިދާޅުވެފައެވެ.