Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"މިރާއީ" ގެ ޕްރޮމޯޝަނަލް ލަވަ 24 ގައި

ބައިސްކޯލަށް ގެންނަން ތައްޔާރުވަމުން އަންނަ ސީރީޒްގެ "މިރާއީ" ގެ ޕްރޮމޯޝަނަލް ލަވަ މި މަހުގެ 24 ގައި ރިލީޒްކުރަން ނިންމައިފި އެވެ.

އަހަރުގެ އެންމެ ހިތްގައިމު ލޯބީގެ ލަވައިގެ ގޮތުގައި ޕްރޮމޯޓްކުރަމުން އަންނަ މި ލަވަ އަށް ދީފައިވާ ނަމަކީ "އުމުރަށް" އެވެ. "މިރާއީ" ގެ ލީޑް ދެ ތަރިން ކަމަށްވާ ވާޝިޔާ މުހައްމަދު (ޝިޔާ) އާއި ޝަރަފު އަބްދުﷲ ގެ ލޯބި ކެމިސްޓްރީ ދައްކުވައިދޭނެ ލަވައިގެ މިއުޒިކް ހެދީ ޝަހީދު ލެގަސީ އެވެ. މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) ގެ ޅެމަށް، ލަވަ ކިޔާފައި ވަނީ މީގެ މެލޮޑީ ވެސް ހެދީ ފާލިހް އާދަމާއި އައިޝަތު ޝަމާހަތެވެ.

"މިރާއީ" އަކީ ޑައިރެކްޓަރު އަޒްހާން އިބްރާހީމް ކުރިން ގެނެސްދިން "ދަރަކަ" އަށް ފަހު ބެލުންތެރިންނަށް ގެނެސްދޭ ދެވަނަ ސީރީޒެވެ.

ސްޓްރީމްކުރަން ފަށާނެ ތާރީހެއް އަދި އިއުލާން ނުކުރާ ސީރީޒްގެ ކާސްޓްގައި ޝިޔާ އާއި ޝަރަފުގެ އިތުރުން އިޝްފާން އާއި އަލަށް ތައާރަފުވާ އައިޝަތު ޝާޔާ (ޗޮއްކު) އަދި ތަޖުރިބާކާރު އެކްޓަރު އަހުމަދު ސައީދު ހިމެނެ އެވެ.