Last Updated: March 29, 06:30
Friday, March 29, 2024
ވިޔަފާރި

ޓްވިޓާގައި އިޝްތިހާރު ކުރުމުގައި ކޮންޓްރޯލެއް

ޓްވިޓާގައި އިޝްތިހާރު ކުރުމުގައި ކޮންޓްރޯލް މިންގަނޑެއް ގެންގުޅެން ނިންމައިފި އެވެ.

މިކަން އަންގައި މިދިޔަ ބުރާސްފަތި ދުވަހު ޓްވިޓާ އިން އިޝްތިހާރުކުރާ ވިޔަފާރިތަކަށް ފޮނުވި މެއިލެއްގައި ބުނީ އަންނަ ހަފުތާގެ ހިސާބުގައި އާ މިންގަނޑަށް އަމަލުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެޑްވަޓައިޒިން އިންޑަސްޓްރީގެ ގްރޫޕަކަށް ބުރާސްފަތި ދުވަހު އޮފިޝަލަކު ބުނީ އެ ޕްލެޓްފޯމްގައި ކޮންޓެންޓް މޮޑެރޭޓަރުން އިން-ހައުސް އަށް ގެނައުމަށް ވެސް ވިސްނަމުން އަންނަ ކަމަށެވެ.

ޓްވިޓާ އަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 90 ޕަސެންޓަކީ ޑިޖިޓަލް އިޝްތިހާރުތަކުން ވަންނަ އާމްދަނީ އެވެ.

މަހުޖަނު އީލޮން މަސްކް އޮކްޓޯބަރު މަހު ޓްވިޓާ ބައްލަވައިގަތް ފަހުން އެއިން ކުރަމުން އައި ވަރަށް ގިނަ އުސޫލުތަކެއް ބަދަލުތަކެއް ގެންނަން ވަނީ ފަށައިފަ އެވެ. މިކަމާ ގުޅިގެން ޓްވިޓާގައި އިޝްތިހާރުކުރާ ފަރާތްތަކުން ބައެއް ބަދަލުތަކާ މެދު ހިތްހަމަނުޖެހިގެން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ، އަދި ޓްވިޓާގައި އިޝްތިހާރު ކުރުން ހުއްޓައިލަން ޖެހިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް އީލޮން ވަނީ ވިޔަފާރިތަކުން ޓްވިޓާ ދޫކޮށްނުލުމަށް އިލްތިމާސްކުރައްވައިފަ އެވެ. އޭނަ ޓްވިޓާ ބައްލަވައިގަތީ 44 ބިލިއަން ޑޮލަރަށެވެ.