Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ފަސީހު ޕޮލިސް ބޯޑަށް

އަހުމަދު ފަސީހު- ފޮޓޯ: ރައީސް އޮފީސް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ފަސީހު އައްޔަންކޮށްފިއެވެ.

ފަސީހު ޕޮލިސް ބޯޑަށް އައްޔަނު ކޮށްފައިވަނީ އެ ބޯޑުގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ފާއިޒު ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް އައްޔަނު ކުރެއްވުމާ ގުޅިގެންނެވެ.

ފުލުހުންގެ ބޯޑަކީ ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންވެފައިވާ އުސޫލުތަކާ އެއްގޮތަށް ފުލުހުންގެ ޚިދުމަތް ދެމުންދޭތޯ ބެލުމާއި، ފުލުހުން އަމަލުކުރަމުންދާ އުސޫލަކަށް ގެންނަންޖެހޭ ބަދަލަކާމެދު ފެންނަ ގޮތުގެ ލަފާ ދިނުމަށް ޤާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.

ޕޮލިސް ބޯޑުގައި މިހާރު ތިއްބެވީ އަހުމަދު ފަޔާޒު ހަސަން، މ. ހަޒާރީވިލާ، އާއިޝަތު ނޫރާ މުހައްމަދު، ހ. ނޫމުތީ، އަހުމަދު ނާޝިދު، މއ. ގޯލްޑަންމޫން، އާދަމް އިބްރާހީމް، ގ. ޑިމްލައިޓް، ހާމިދު އަބްދުލްޣަފޫރު، ހ. ޝޭޑީކޯނަރު އަދި ސަފާ ޝަރީފް، ދެތަނޑިމާގެ / ސ.ހުޅުދޫ އެވެ.