Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ރައީސް ފަރެސްމާތޮޑާގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކޮށްފި

ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގދ. ފަރެސްމާތޮޑާގެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ސޯލިހް ފަރެސްމާތޮޑާއަށް ވަޑައިގެންފައިވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެރަށުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ފަރެސްމާތޮޑާގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވާފައެވެ.

ރައީސް ސޯލިހް ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރައްވާއިރު އެ ރަށްރަށުގެ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވާ ހައްދަވައެވެ. އަދި އެ މެމްބަރުންގެ ޝަކުވާތައް އަޑުއައްސަވާ އެކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައެވެ.