Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ސްޓެލްކޯގެ އެމްޑީ ޖަޕާނު ސަފީރާ ބައްދަލުކޮށްފި

ޖަޕާނު ސަފީރާއި ސްޓެލްކޯ މެނޭޖިންގް ޑިރެކްޓަރ ޝަރީފް ބައްދަލު ކުރެއްވުން / ފޮޓޯ: ޖަޕާން އެންބަސީ

ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއޫޗީ މިޑޯރީ އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ބައްދަލު ކުރައްވައިފި އެވެ.

ޝަރީފާއ ޖަޕާނު ސަފީރު ބައްދަލު ކުރައްވާފައިވަނީ އީއްޔެގެ ވަގުތެއްގައެވެ. މި ބައްދަލުވުމުގައި ރައްޖޭގެ ހަކަތައިގެ ދައިރާގައި ސްޓެލްކޯގެ މަސައްކަތާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.


ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ޙިދުމަތް ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ޖަޕާނު ސަފީރާއި އެކު މަޝްވަރާ ކުރެވިފައެވެ. މީގެ އިތުރުން ރާއްޖެ އަށް ހަކަތައިގެ ދައިރާ ކުރިއެރުވުމަށް ދެ ޤައުމު ގުޅިގެން ކުރެވިދާނެ ބައެއް ކަންކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރެއްވި އެވެ. އެގޮތުން ހަކަތަ އުފެއްދުމުގެ ދައިރާގައި މިހާރު ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.

ޖަޕާނުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސްޓެލްކޯ މެނޭޖިންގް ޑިރެކްޓަރ ބައްދަލު ކުރެއްވިއިރު، ޖަޕާނާއި ރާއްޖެއާއި ދެމެދު ހަކަތައިގެ ދައިރާގައި މީގެ ކުރީންވެސް ގިނަ މަސައްކަތަކެއް ކުރެވިފަ އެވެ. މިގޮތުން އިޔާދަ ކުރަނިވި ހަކަތައާއި ތިމާވެށި ރައްކާތެރިކުރުމުގެ ދައިރާގައި ދެ ޤައުމު ދެމެދުގައި މުހިންމު މަސައްކަތްތަކެއް ކުރެވިފަ އެވެ.

ޖަޕާނުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމާ ޓަކެއުޗީ މިޑޯރީ ހަވާލުވެވަޑައިގަތީ މިއަހަރު ޖެނުއަރީ މަހު އެވެ.