Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ބަނގުރާ ކައްކާ ސާމާނުތަކެއް ހިތަދޫން ފެނިއްޖެ

އައްޑޫ ހިތަދޫން ބަނގުރާ ކައްކާ ސާމާނުތަކެއް ފެނުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ ގިނަ އަދަދެއްގެ ތަކެތި ފެނުނީ ހިތަދޫގައި މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ފަޅު ގެއެއްގެ ތެރެއިން ކަމަށެވެ. އެތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަން ފެށި ނަމަވެސް އެކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މީގެ ކުރިން ވެސް އައްޑޫގެ ބައެއް އަވަށްތަކުން ބަނގުރާ ކައްކާ ސާމާނުތަކެއް ފެނި، އެފަދަ ބައެއް މައްސަލަތަކުގައި ބައެއް މީހުން ހައްޔަރު ވެސް ކޮށްފައިވެ އެވެ.