Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ބްރެޒިލްގެ ބައްޔާ އެކީ ނޭމާ ރާއްޖެ އަށް

ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕުން ބްރެޒިލް ކަޓާފައިވާ އިރު، އެ ގައުމުގެ މަޝްހޫރު ކުޅުންތެރިޔާ ނޭމާ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.

އެނގިފައިވާ ނޭމާ ރާއްޖެ އައީ މިއަދުގެ ވަގުތެއްގަ އެވެ. އަދި އޭނަ ޗުއްޓީ ހޭދަކުރަމުން އަންނަނީ ކުރަމަތި ރިސޯޓްގަ އެވެ. ނަމަވެސް ރާއްޖެ ދަތުރާ ގުޅޭ އެއްވެސް ކަމެއް އަދި ނޭމާގެ ސޯޝަލް މީޑިއާތަކުން އެކައުންޓްކުން ފެންނާކަށް ނެތެވެ.

ނޭމާ ރާއްޖެ އައި އިރު، ބްރެޒިލް ވޯލްޑް ކަޕުން ކެޓީ ކުއާޓާ ފައިނަލްގައި މި މަހުގެ 9 ގައި ކުޅުނު މެޗުން ބަލިވެ އެވެ. އެ މެޗް ކްރޮއޭޝިއާ ކާމިޔާބުކުރީ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި މަޝްހޫރު ބްރެޒިލް 4-2 އިން ބަލިކުރުމަށް ފަހު އެވެ.

މުބާރާތުން ކެޓުމާ ގުޅިގެން ނޭމާ، 30، ބުނެފައި ވަނީ ކުރިއަށް އޮތް ތަނުގައި ދެން އޭނާ ވޯލްޑް ކަޕުން ފެނިދާނެކަމުގެ ޔަގީން ކަމެއް ނެތް ކަމަށެވެ.

ނޭމާ އަކީ ހޮލީވުޑްގެ 2017 ގެ ފިލްމު "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ގައި ރޯލެއް ކުޅެފައިވާ ފަންނާނެކެވެ. މަޝްހޫރު އެކްޓަރު ވިން ޑީޒެލް ބަތަލުގެ ރޯލު ކުޅުނު ފިލްމަކީ ބޮލީވުޑްގެ ބަތަލާ ދީޕިކާގެ ފުރަތަމަ ހޮލީވުޑް ފިލްމު ވެސް މެ އެވެ.