Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ސެމީ ފައިނަލް ބަލާލުމުގެ ފުރުސަތު 4 މީހަކަށް

ސެމީފައިނަލް ބަލަން ދިޔުމަށް ހޮވުނު ހަތަރު ނަސީބުވެރިން - ފޮޓޯ: އުރީދޫ

އުރީދޫން ކުރިއަށްގެންދާ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން މުބާރާތުގެ ސެމީފައިނަލް މެޗެއް ބަލަން ހޮވުނު ހަތަރު ނަސީބުވެރިންނަށް އުރީދޫން ޓިކެޓް ރަސްމީކޮށް މިއަދު ހަވާލުކޮށްފި އެވެ.

މި ހަތަރު ފަރާތް ހޮވާފައިވަނީ އުރީދޫ ސުޕަނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ޕްރީޕެއިޑް ރީޗާޖް ކުރި ކަސްޓަމަރުންނާއި އުރީދޫ ބިލަށް ފައިސާ ދެއްކުމާއި މޫލީ މެދުވެރިކޮށް ޝޮޕިން ކުރާ ކަސްޓަމަރުން ނުވަތަ އެމް-ފައިސާގެ ހިދުމަތުގެ މުއާމަލާތްކުރާ ކަސްޓަމަރުން ހިމެނޭ ގޮތަށް ކުރިއަށްގެންދިޔަ ލަކީޑްރޯއަކުންނެވެ.

ގަތަރަށް ދަތުރުކުރާ ނަސީބުވެރިންނަކީ ޕްރީޕެއިޑް ކަސްޓަމަރުން ކަމަށްވާ މުހައްމަދު އަބްދުލް ސައްތަރު، އަހުމަދު މައުރޫފް، އަހުމަދު ޝިހާމް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރ ހާފިޒް ސައީދެވެ.

އުރީދޫން ބުނީ މި ހަތަރު ނަސީބުވެރިންނަށް ގަތަރަށް ރިޓާން ޓިކެޓާއި އެކޮމޮޑޭޝަންގެ އިތުރުން ފްރާންސާއި މޮރޮކޯ ބައްދަލުކުރާ ސެމީ ފައިނަލް މެޗު ބެލުމަށް ސްޓޭޑިއަމްގެ ޓިކެޓް ލިބޭނެ އެވެ. މި ހަތަރު ނަސީބުވެރި ފަރާތުން ގަތަރުގައި ހަތަރު ދުވަހާއި ތިން ރޭ ތިބޭއިރު ވޯލްޑް ކަޕްގެ ހަރަކާތްތަކުގެ އިތުރުން ދޯހާ ސިޓީގެ ރީތިކަމާއި ސަގާފަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އުރީދޫން ބުނެ އެވެ.

މި ލަކީޑްރޯގެ އިތުރުން އުރީދޫން ވަނީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރު ހަބޭސް ބޮޑުބެރުއާ އެކު ހާއްސަ ލަވައެއް ވެސް ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން އުރީދޫން ވަނީ އާޓިފިޝަލް ބީޗްގައި ކުޑަކުދިންނަށް ހާއްސަ ފުޓުބޯޅައިގެ ހަވީރެއްވެސް ބާއްވާފަ އެވެ.

ފީފާ ވޯލްޑް ކަޕް ގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، މެޗުތަކުގެ އުފާ ގިނަ ބަޔަކަށް ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އުރީދޫ ފަންޒޯންތައް ވެސް ވަނީ ގާއިމުކޮށްފަ އެވެ.