Last Updated: July 12, 06:09
Sunday, July 12, 2026
ޚަބަރު

ވާވޭއާ އެކު އެޗްޑީސީން އެއްބަސްވުމެއް

ޗައިނާގެ މަޝްހޫރު ޓެކް ކުންފުނި، ވާވޭއާ އެކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން އިއްޔެ ސޮއިކުރެއްވީ މެނޭޖިނ ޑިރެކްޓަރު އަހުމަދު އާތިފެވެ. ވާވޭ ލަންކާގެ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސީއީއޯ ޓާއޯ ގުއާންޖޭއޯ އެވެ.

މި އެއްބަސްވުމުގެ ދަށުން އެޗްޑީސީގެ "ސްމާޓް ސިޓީ ޕްރޮޖެކްޓް" ގައި ބައިވެރިވެ ފަންނީ އެހީތެރިކަން ވާވޭ އިން ފޯރުކޮށް ދޭނެ އެވެ. ހުޅުމާލެ އަކީ ރާއްޖޭގެ ފުރަތަމަ ސްމާޓް ސިޓީ އަށް ބަދަލުކުރުމަށް ބޭނުންވާ ތަޖުރިބާ އާއި ޑިޖިޓަލް ސޮލިއުޝަންތައް ހޯދުމުގެ މަގު އެއްބަސްވުމުގެ ސަބަބުން ފަހިވެގެންދާނެ އެވެ.