Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ޖެކްލީން ގޮވައިގެން ނޯރާ ކޯޓަށް

މަނީ ލޯންޑްރިންގެ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފައިވާ ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނާންޑޭޒާ ދެކޮޅަށް ބަތަލާ ނޯރާ ފަތުހީ އަބުރުގެ ދައުވާކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ވަގުތު ބޮލީވުޑްގައި ހުރި އެންމެ ވިދުން ގަދަ "އައިޓަމް ގާލް" ނޯރާ، 30، އަބުރުގެ ދައުވާ ޖެލްކީން، 37، އާ ދެކޮޅަށް ކުރީ 200 ކްރޯޑް ރުޕީސް މަނީ ލޯންޑްރިންގެ މައްސަލައާ ގުޅިގެން ޖެލްކީންގެ މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު އެކަމާ ނޯރާއާ ވެސް ގުޅުވައި، އޭނަގެ ކެރިއަރާއި ޒާތީ ދިރިއުޅުން ހަލާލުކުރަން މަސައްކަތްކުރާ ކަމަށް ބުނެ އެވެ.

ސުކޭޝް ޗަންދުރަސޭކަރް ކިޔާ ނުފޫޒު ފަދަ މީހަކާ ޖެކްލީންގެ ހިތާވެ، އޭނަގެ ފަރާތުން އަގުބޮޑު އެތައް ހަދިޔާތަކެއް ލިިބި، ސުކޭޝް ހިންގާފައިވާ 200 ކްރޯޑް ރުޕީސް މަނީ ލޯންޑްރިންގެ ތެރެއިން ނާޖާއީޒު އެތައް ފައިދާއެއް ޖކްލިން ލިބުނު ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނައާ އެތައް ފަހަރެއްގެ މަތިން އިންޑިއާގެ އެންފޯސްމަންޓް ޑިރެކްޓަރޭޓް (އީޑީ) ސުވާލުކޮށް، ބަޔާން އެ މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ.

މި މައްސަލަގަނޑު މިދިޔަ އަހަރު ފެންމަތިވެ، ސުކޭޝްއާ އެކީ ޖެކްލީން ނަގާފައިވާ ވަރަށް ގައިގޯޅި ފޮޓީތަކެއް ވެސް ލީކްވެފައިވެ އެވެ. އަދި މި މައްސަލަގަނޑު ތިލަވެ، ސުކޭޝްގެ ފަރާތުން ނޯރާ އަށް ވެސް ނާޖާއީޒު އެތައް ފައިދާތަކެއް ލިބުނުކަމުގެ އަޑުތަކެއް އެރި އެވެ، އެކަމާ ގުޅިގެން ނޯރާއާ ވެސް އީޑީން ކުރިން ސުވާލުކޮށްފައިވެ އެވެ.

ނަމަވެސް ނޯރާ ވަނީ ސުކޭޝް އާއި އޭނައާ ދެމެދު އެއްވެސް އިރެއްގައި އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެ މީގެ ކުރިން ބަޔާނެއް ވެސް ނެރެ އެވެ.

ނޯރާގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ޖެކްލީންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އެ މައްސަލައާ ނޯރާއާ ވެސް ގުޅުވަން ގަސްތުގައި މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެއީ ނޯރާގެ ކެރިއަރު ހަލާކުކުރަން ކޮށްފައިވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ނޯރާ އާއި ޖެކްލީން އަކީ ވެސް އިންޑިއާ އަށް ނިސްބަތް ނުވާ އެކަމަކު އެ އިންޑަސްޓްރީގައި މިހާރު ނުފޫޒު ގަދަ ދެ ތަރިން ކަމެވެ. ޖެކްލިން ނިސްބަތް ވަނީ ސްރީ ލަންކާއަށެވެ. އަދި ނޯރާ އަކީ މޮރޮކޯ ދަރިކޮޅުގެ ކެނެޑާ މީހެކެވެ.