Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

ހިތަދޫ ސްޓޭޑިއަމް އަންނަ އާދީއްތަ ދުވަހުގެ ރޭ ހުޅުވަނީ

އޭއެފްސީ ޗެލެންޖް ކަޕަށް ހިތަދޫ ޒޯން ސްޓޭޑިއަމް ތައްޔާރު ކުރަނީ. ފޮޓޯ/ އިބްރާހީމް ރަޝީދު ވަޖުދީ

އޭއެފްސީ ޗެލެންޖްކަޕަށް ހާއްސަ ކޮށްގެން ތައްޔާރު ކުރަމުންދާ ހިތަދޫ ޒޯން ސްޓޭޑިއަމް ރަސްމީކޮށް އަންނަ އާދީއްތަ ދުވަހުގެ ރޭ ހުޅުވާނެ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް ވިދާޅުވީ ސްޓޭޑިއަމް ރަސްމީކޮށް ހުޅުވައި ދެއްވުމަށް ރައީސުލް ޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް އާދީއްތަ ދުވަހު އައްޑޫއަށް ވަޑައިގަންނަވާނެކަމަށެވެ.

އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާ ޒޯން ސްޓޭޑިއަމްގެ ކުރީގެ ސިޑި ބަރީގެ ދެކޮޅަށް ކޮޅަކަށް 85 ފޫޓް އިތުރުކޮށް ސިޑިބަރީގެ ދަށުގައިވަނީ ތަފާތު ބޭނުންތަކަށް ބޭނުން ކުރާނެ އޮފީސް ޖާގަ ތައްޔާރުކޮށްފައެވެ.
bus

އަންނަ ހޯމަ ދުވަހު ރަސްމީކޮށް ޗެލެންޖް ކަޕް ފަށާއިރު ގްރޫޕް ބީގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނިީ އަންނަ އަންގާރަ ދުވަހުގެ ހަވީރުއެވެ. އައްޑޫގައި ކުޅޭ ފުރަތަމަ މެޗްގައި ވާދަކުރަނީ ތުރުކަމަނިސްތާން އާއި ލާއޯސްއެވެ.

މަލީހް ވިދާޅުވީ ލަންކާ ސަރުކާރުގެ އެހީގައި ޒޯން ސްޓޭޑިއަމްގައި ހަރުކުރަމުންދާ ލައިޓިން މިރޭ ނިމޭނެކަމަށެވެ. އަދި ސްޓޭޑިއަމް ދިއްލުމަށް ބޭނުން ކުރުމަށް 800 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި ކުޅުން ތެރިން ދަތުރުކުރާނެ ބަސްތައް އައްޑޫއަށް ގެނެސްފައިވާ ކަމަށެވެ.