އަނބިމީހާ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓައި ދަންޖެހިގެން މަރުވާން އުޅުނު ފައިސަލް އަބޫބަކުރުގެ ހާލު ސީރިއަސް ކަމަށް އޭނަ އަށް ފަރުވާ ދެމުން އަންނަ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
އަނބިމީހާ އާއި ތިން ކުދިންގެ މަންމަ ނިޝާމާ މުހައްމަދު މަރާލިކަމުގެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފައިސަލް ދަންޖެހިގެން މަރުވާން އުޅުނީ ރޭގެ ވަގުތެއްގަ އެވެ. އޭނަ އަށް މިހާރު އައިސީޔޫގައި ފަރުވާދޭ އިރު، އޮތީ ވެންޓިލޭޓަރުގަ އެވެ.
ނިޝާމާ، 28، މަަރާލި ހާދިސާ އަށް ފަހު، ފައިސަލް، 32، ފިލައިގެން އުޅުމަށް ފަހު އޭނާ ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ އަމިއްލައަށެވެ. އެ މައްސަލައާ ގުޅިގެން އޭނަގެ ބަންދަށް އޮތީ 15 ދުވަސް ވެސް ޖަހައިފަ އެވެ.
ނިޝާމާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.