އަންނަ ބުރާސްފަތި ދުވަހު ނައިބު ރައީސް ފައިސަލް ނަސީމް އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ދަތުރަކީ ހުޅުމީދޫ ސިއްހީ މަރުކަޒުގައި އާ ހިދުމަތްތަކެއް ފަށަން ތައްޔާރުވެފައިވާތީ، އެ ހިދުމަތްތައް ރަސްމީކޮށް އިފުތިތާހުކޮށް ދެއްވުމުގެ ގޮތުން ކުރައްވާ ދަތުރެކެވެ. ނައިބު ރައިސަކީ އައްޑޫ ސއިްހީ ދާއިރާގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ބޭފުޅެކެވެ.
އެގޮތުން މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖޭގެ އެންމެ ދެކުނުގެ ސިޓީ އަށް ވަޑައިގެން ސިއްހީ ދާއިރާގެ ކަންކަން ބައްލަވައި، އެ ދާއިރާގެ ބޭފުޅުންނާ ބައްދަލުކުރައްވާފައިވެ އެވެ. ހާއްސަކޮށް އައްޑޫގެ ޓާޝަރީ ހޮސްޕިޓަލް، އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް އެތައް ފަހަރެއްގެ މަތިން ޒިޔާރަތްކުރައްވައި އެތަނުގެ މެނޭޖްމަންޓާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައިވެ އެވެ.
އެ ހޮސްޕިޓަ،ލް މިހާރު ވަކި ބޯޑެއްގެ ދަށުން ހިންގަމުން އަންނަ އިރު، އައްޑޫގެ ސިއްހީ މަރުކަޒުތައް މެނޭޖްކުރަނީ އޭއީއެޗްގެ ދަށުންނެވެ.
ނައީބު ރައީސް އައްޑު އަށް ކުރައްވާ ދަތުރުގެ ތެރެއިން މި ވަގުތު އައްޑޫގަިއ ސަރުކާރުން ކުރިއަށް ގެންދާ އެކިއެކި މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވެސް ބައްލަވާލައްވާނެ އެވެ.