Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"މިޝަން މަޖްނޫ" ނެޓްފްލިކްސް އަށް

ސިދާތު މަލްއުތުރާގެ އެކްޝަން ފިލްމު "މިޝަން މަޖުނޫ" އަންނަ މަހު ނެޓްފްލިކްސް އިން ޕްރީމިއާކުރާ ގޮތަށް ނިންމައިފި އެވެ.

"އުރީ: ދަ ސާޖިކަލް ސްޓްރައިކް" އާއި "ފެޝަން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ޝަންތަނޫ ބަގްޗީ ޑައިރެކްޓްކޮށްފައިވާ ފިލްމު ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމާފައި ވަނީ އަންނަ މަހުގެ 20 ގަ އެވެ.

މިއީ ސިދާތުގެ ފިލްމެއް ސިނަމާތަކަށް ނުގެނެސްދިން ޑިޖިޓަލްކޮށް ޕްރީމިއާކުރާ ދެވަނަ ފަހަރެވެ. ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެނެސްދިން ކާމިޔާބު ވަތަނީ ފިލްމު "ޝޭރުޝާ" އެވެ.

އޮކްޓޯބަރުގައި ރިލީޒްކުރި "ތޭންކް ގޯޑް" ގެ ފަހުން ސިދާތު ބެލުންތެރިންނާ ބައްދަލުކުރާ "މިޝަން މަޖުނޫ" ގެ ބަތަލާ އަކީ "ޕުޝްޕާ" ފަދަ ފިލްމުތައް ކުޅުނު މަޝްހޫރު ތެލެގޫ ބަތަލާ ރަޝްމިކާ މަންދަނާ އެވެ. އޭނަގެ ފުރަތަމަ ހިންދީ ފިލްމަކީ އޮކްޓޯބަރުގައި ރިލީޒްކުރި "ގުޑް ބާއި" އެވެ.