Last Updated: June 29, 13:53
Monday, June 29, 2026

އޭއެފްސީ ޗެލެންޖް ކަޕް: އަފްޢާނިސްތާން ޓީމް މިރޭ އައްޑޫއަށް އަންނަނީ

ޗެލެންޖް ކަޕްގައި ވާދަ ކުރާ އަފްޢާން ޓީމް މާލެ އެއާޕޯޓްގައި. މިރޭ އަފްޢާން ޓީމް އައްޑޫއަށް އައުމަށް ވަނީ ހަމަޖެހިފައި؛ ފޮޓޯ: ސަން

އޭއެފްސީ ޗެލެންޖް ކަޕް ގްރޫޕް ބީގައި ހިމެނޭ އަފްޢާނިސްތާންގެ ފުޓްބޯޅަ ޓީމް މިރޭ ދަންވަރު އައްޑޫއަށް އައުމަށް ހަމަޖެހިއްޖެއެވެ.

ގްރޫޕް ބީގައި ހިމެނޭ ހަތަރު ޓީމްގެތެރެއިން އައްޑޫއަށް ފުރަތަމަ އަންނަ ޓީމަކީ އަފްޢާނިސްތާންގެ ޓީމެވެ، މި ޓީމް މާލެ އައިސްފައިވަނީ މިއަދު ހެނދުނުއެވެ.

ޗެލެންޖް ކަޕްގައި ވާދަކުރާ ގްރޫޕް ބީގެ ޓީމްތައް ތިބުމަށް ހަމަޖެހިފައިވާ ހެރެތެރެ ރިސޯޓްގެ އިސް އޮފިޝަލަކު ވިދާޅުވީ ޓީމް މިރޭ ދަންވަރު 1 ޖަހާއިރު ރިސޯޓަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގްރޫޕް ބީގައި ހިމެނޭ ލާއޯސް ޓީމް އައްޑުއަށް އައުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.

މުބާރަތުގައި އަފްޣާން ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ 9:00ގައި ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.