ދާދި ފަހުން ބޭއްވި 34 ޤުރުއާން މުބާރާތުގައި އައްޑޫ ތަމްސީލްކޮށް ވަނަ ހޯދި ދަރިވަރުންނަށް އައްޑޫ ކައުންސިލުން ހިތްވަރު ދީ އިނާމު ދީފި އެވެ.
އެކަމަށްޓަކައި އިއްޔެ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ގައުމީ ޤުރުޢާން މުބާރާތުގައި އައްޑޫން ބައިވެރިވެ ލްކޮށް ވަނަ ހޯދި ފަރާތްތަކުގެ އިތުރުން އައްޑޫގެ ޙާފިޡުން އިމްތިހާނުކުރާ ކޮމިޓީގެ ދަސްކިޔައި ސަނަދު ހާސިލްކުރި ދަރިވަރުންނަށް ވެސް އިނާމު ދީފައިވެ އެވެ.
އެ ރަސްމިއްޔާތުގައި މޭޔަރު އަލީ ނިޒާރު ވަނީ ދީނީ މިފަދަ ކަންކަމަށް އައްޑޫ މީހުން ދޭ ސަމާލުކަން ފާހަގަކުރައްވައި، އައްޑު އަށް ހޯދައިދޭ ކާމިޔާބީތަކަކީ ކައުންސިލުން ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި އަބަދު ވެސް އެފަދަ ކަންކަމުގައި ކުރިއަށްދާން މަސައްކަތްކުރާ މީހުންނަށް ކައުންސިލުން ހިތްވަރުދީ، ކުރިއަށްދާނެ އިތުރު ފުރުސަތުތައް ފަހިކޮށް ދޭން މަސައްކަތްކޮށް ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.