އިނގިރޭސިވިލާތުގެ މަޝްހޫރު ކުލަބް އާސެނަލް ގަންނަން އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިނގިރޭސި ކުލަބްތައް ކަމަށްވާ މެންޗެސްޓަ ޔުނައިޓެޑާއު ލިވަޕޫލް ފަދަ ކުލަބްތަކެއް ވިއްކައިލަން ނިންމުމާ ގުޅިގެން ދެ ކުލަބަށް ވެސް އަމްބާނީ ޝައުގުވެރިކަން ފާޅުކުރި އެވެ. ނަމަވެސް އޭނަގެ އާއިލާ އަކީ އާސެނަލްގެ ވަރަށް ބޮޑު ފޭނެއް ކަމަށާއި ހާއްސަކޮށް ދޮށީ ދަރިފުޅު އާކާޝް އަމްބާނީ އަކީ އާސެނަލްގެ ވަރަށް ބޮޑު ފޭނެއް ކަމަށް ބުންޏެވެ.

ދި އެތުލެޓިކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިނގިރޭސި ކުލަބެއް ގަތުމަކީ އަމްބާނީ ވަރަށް ބޭނުންވާ ކަމަކަށްވާތީ، އޭނަ ފުޓްބޯޅަ އަށް އިންވެސްޓްކުރާ ނަމަ ބޭނުން ވަނީ އާސެނަލް ގަންނާށެވެ. އެހެންވެ އެކަމާ ގުޅޭ މުއާމަލާތްތަކެއް ކުލަބްގެ ވެރިންނާ އެކީ ކުރިއަށްދާ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުމް އަމްބާނީގެ ފަރާތުން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އަމްބާނީ، 65، އަކީ އޭޝިއާގައި ދެވަނަ އަށް އެންމެ ބޮޑު މަހުޖަނުގެ އިތުރުން ދުނިޔޭގައި 10 ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ. އޭނަގެ މިލްކިއްޔާތު 92.4 ބިލިއަން ޑޮލަރަށް އަރަ އެވެ.