Last Updated: June 6, 14:55
Saturday, June 6, 2026
ކުޅިވަރު

ޕްރެކްޓިހަށް ކުޅުންތެރިން އުފުލާ ބަސް މީދު އަށް

ޓީމްތައް އުފުލުމަށް އެމްއެންޑީއެފްއިން މީދޫއަށް ގެންދިޔަ ބަސް

ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ ޓީމްތައް ޕްރެކްޓިސް ކުރުމަށް މީދޫ ސްޓޭޑިއަމްއަށް ގެންދިއުމަށް އެއާކޯން ބަހެއް އެމްއެންޑީއެފްގެ ފަރާތުން މީދޫއަށް ގެންގޮސްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީމްތަކުގެ އެއްގަމާއި ކަނޑުގެ ދަތުރުފަތުރުތައް ބަލަހައްޓަނީ އެމްއެންޑީއެފްގެ ފަރާތުންނެވެ.

ޗެލެންޖް ކަޕްގައި ކުޅޭ ގްރޫޕް ބީގެ ހުރިހާ ޓީމެއްވެސް އައްޑޫގައި ތިބުމަށް ހަމަޖެހިފައިވަނީ ހެރެތެރެ ރިސޯޓުގައެވެ.

އަންނަ އަންގާރަ ދުވަހު ގްރޫޕް ބީގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވާ އިރު އެގްރޫޕްގައި ވާދަކުރާ އަފްޢާނިސްތާންގެ ފުޓްބޯޅަ ޓީމް މިރޭ ދަންވަރު އައްޑޫއަށް އައުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާގެ ވަގުތެއްގައި ލާއޯސް ޓީމް އައްޑޫއަށް އައުމަށް ވަނީ ހަމަޖެހިފައެވެ.