އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނާތީ އިންތިޚާބުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ފުލުހުންނާ ބައްދަލުކޮށްފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ އެކީ ބޭއްވި ބައްދަލުވުމުގައި އެންމެ އިސްކޮށް އީސީގެ ފަރާތުން ހުންނެވީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.
އިލެކްޝަންސް ކޮމިޝަނުގެ ބައެއް މަސައްކަތްތަކާއި ގުޅިގެންނާއި، ރިޔާސީ އިންތިޚާބު 2023 ގެ ސެކިއުރިޓީއާ ގުޅުންހުރި ކަންތައްތަކާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން pic.twitter.com/B4CRivLtvO
— Elections Commission (@ElectionsMv) December 13, 2022
އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް ޢަލީ ރަޝީދާއި، އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބުގެ އިތުރުން ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި އީސީ މެންބަރުންނާއި ބައިވެރިވެވަޑައިގެންނެވި އެވެ.
ބައްދަލުވުމުގައި ރިޔާސީ އިންތިޚާބުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އިލެކްޝަން ކޮމިޝަނުން ފުލުހުންގެ ފަރާތުން ބޭނުންވާ ސެކިއުރިޓީ ދިނުމާ ގުޅޭގޮތުން މަޝްވަރާކުރި އެވެ. އަދި ރިޔާސީ އިންތިޚާބުގެ އެކި ކަންކަމުގައި އީސީން ފުލުހުންގެ ފަރާތުން ބޭނުންވާ އެހީތެރިކަން ދިނުމަށް ވެސް ބައްދަލުވުމުގައި މަޝްވަރާކުރި އެވެ.